ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އިބްރާހީމް މާހިރު, ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ.
މާހިރު ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އެމަނިކުފާނު ޝަރުއީ ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ފަނޑިޔާރު މާހިރު މަގާމުން ރިޓަޔާ ކުރެއްވުމަށް އެދި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.
ފަނޑިޔާރު މާހިރު ވަނީ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. 2005 ވަނަ އަހަރު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުން މަސައްކަތް ފެއްޓެވުމަށްފަހު، ފެމިލީ ކޯޓުގެ އިސްފަނޑިޔާރުކަން ކުރެއްވިއެވެ. ފެމެލީ ކޯޓުގެ ޤާޟީކަމުގެ މަގާމުގައި 12 އަހަރު ދުވަހަށްވުރެ ދިގުމުއްދަތަކަށް ހިދުމަތްކުރެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެމަނިކުފާނު އައްޔަންކުރެވުނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.
