ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ދޮވެ ސާފުކުރަން ޖެހިފައިވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވިދާޅުވެއްޖެއެވެ.
ޖޭއެސްސީ ގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް އެއްވެސް ފަރާތަކުން ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ގުޅޭގޮތުން އޭނާ ވިދާޅުވެފައިވަނީ ޖޭއެސްސީގެ އަމުރަކަށް ސުޕްރީމް ކޯޓުން އަރައެއް ނުގަނެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ ޖޭއެސްސީ އިން އެ ކޮމިޝަނުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުން ބާތިލުކޮށް އޭނާގެ މައްޗައް ފިވަޅެއް ނޭޅުމަށް އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވާގޮތުން ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނާ އަދި ދިވެހި ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް، ދުސްތޫރީ އިޖްރާއާތުގެ ބޭރުން ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.
އަދި މި މައްސަލަ ހުށަހަޅުއްވާފައިވާ ގޮތަށް ޖުޑީޝަލް ސާވިސް އަށް ބަލައިގަނެ އެ ކޮމިޝަނުން ގޮތް ނިންމައި، ފިޔަވަޅު އެޅޭނެ މައްސަލައެއް ނޫން ކަމުގައި ކަނޑައަޅައި، އަދި އިއްޔެ ޖޭއެސްސީގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ކަނޑައަޅައި ދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ދީދީ ހުށަހަޅުއްވާފައިވާ ފޯމު ބަލައިގަތުމަށް ސުްރިމް ކޯޓުން ނިންމާފައި ވާކަމަށް ވެސް އެ އަމުރުގައި ވެއެވެ.
އެހެން ކަމުން މި މައްސަލައާ މެދު ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމަންދެއް ޖޭއެސްސީ އިން ފަނޑިޔާރު އަބްދުﷲ ދީދީ އާމެދު އެއްވެސް ގޮތެއް ނުނިންމުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ޖޭއެސްސީން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައި ވަނީ މިހާރު ބަލަމުންދާ ޖިނާއީ މައްސަލައަކާއި ގުޅިގެން ކަމަށެވެ.
ނުކުޅެވޭނެ..
މީނާވެސް މަޖިލީހުން ބޭރުކުރަންޖެހޭ
މަޖިލިސް ވެސް ދޮވެ ސާފު ކުރަން ޖެހޭ