އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަޑައިގަންނަވާ ދުވަހު މާލޭގެ އިތުރުން ހުޅުމާލޭގެ ބޯޑު ބައެއްް ބަންދު ކުރުމަށް ހަމަޖެހިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މަގުތަކުގައި އެއްގަމު އުޅަނދުތައް ދުއްވުމާއި ޕާކު ކުރުން މަނާ ކުރަނީ ސެކިއުރިޓީ ބޭނުމަށް ކަމަށެވެ. އަދި މާދަމާ އިރުއޮއްސި 6:00 އިން ފެށިގެން މިމަހުގެ 9 ވަނަ ދުވަހުގެ ރޭގަނޑު 10:00 އާ ހަމަޔަށް މި މަގުތަކުގައި ފުލުހުން މަނާކޮށްފައި ވާ ސަރަހައްދު ތަކުގައި އެއްގަމު އުޅަނދު ދުއްވުމާ، ޕާކު ކުރުން މަނާ ވާނެ ކަމަށެވެ.

ފުލުހުން ޓްވިޓާ ގައި އާންމު ކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގއަި ހުޅުމާލޭ މިދިލި މަގާ ނިރޮޅު މަގުން ބަޔަކާ ވަނީ ބަންދުކުރަން ހަމަޖެހިފައެވެ. މީގެ އިތުރުން ރީތިގަސް މަގާ ނިރޮޅުމަގާ އިންވެގެން އޮންނަ ކަށިމާ ހިނގުމުންވެސް ވަނީ ބައެއް ބަންދު ކުރަން ހަމަޖެހިފައެވެ. އަދި ކުރެދި ހިނގުމާއި، ހިތިގަސް މަގު އަދި ބަގީޗާ މަގުން ބަޔަކާ ބަގީޗާ މަގާ އިން ވެގެން އޮންނަ ބައެއް ގޯޅިތައްވެސް ބަންދު ކުރަން ހަމަޖެހިފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މަގުތައް ބަންދު ކުރާ ގަޑިތަކުގައި މީގެ ތެރެއިން ބައެއް މަގުތަކުގައި ޕާކު ކުރުން ހުއްދަ ނުވާނެ ކަމަށް ލުހުން ވަނީ ބުނެފައެވެ. އެގޮތުން ނިރޮޅު މަގާ ރީތި ގަސް މަގު އަދި ބަގީޗާ މަގުން ބައެއްގައި ޕާކު ނުކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި ބަގީޗާ ހިނގުމާ ކަށިމާ ހިނގުމާ ހިތިގަސް މަގުގައި ވަނީ ޕާކުކުރުން މަނާކޮށްފައެވެ.

މި މަގުތަކުގެ އިތުރުން މި މަގުތަކާ އިންވެގެން އޮންނަ ބައެއް ގޯޅިތައް ވަނީ، ޕާކު ނުކުރެވޭ ގޮތަށާ އެއްގަމު އުޅަނދުތައް ނުދުއްވޭ ގޮތަށް ބަންދުކޮށްފައެވެ.

މޯދީގެ ދަތުރުފުޅުގައި ހުޅުމާލެ ފޭސް 2 އަށް ވަޑައިގަންނަވާނެ ކަމަށް ދަނީ ހަބަރު ލިބެމުންނެވެ.