އަންނަ ފިތުރު އީދު ދުވަހުން ފެށިގެން ދެ ދުވަހަށް ވަކި ވަގުތެއްގައި މާލެ ސިޓީގައި ވަކި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައި ވާކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

އެގޮތުން ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައި ވަނީ، ބުދަ އަދި އަންގާރަ ދުވަހުގެ ހަވީރު 16:00 އިން ފެށިގެން އެ ދެ ދުވަހުގެ އިރުއޮއްސި 6:00 އާ ހަަމަޔަށް ކަމަށް ސިޓީ ކައުންސިލުން ބުނއެވެ.

ސިޓީ ކައުންސިލުން ބުނީ ވަކި ވަގުތެއްގައި ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ އީދު ދުވަސް ދިމާވަނީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ކަމުން އެދުވަސް ފާހަަގަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މިކަމުގެ އެންމެ ބޮޑު އެެއް މަގުސަދަކީ މާލެ ސިޓީގެ މަގުތަކަކީ ބާރުބޮޑު ތަންތަނަށް ވެފައި އެ ދުވަހަކީ ފިތުރު އީދު ދުވަސް ކަމުން އެދުވަހު ދޮށީ އުމުރުގެ މީހުންނާއި، ކުޑަކުދިން އަދި ޒުވާނުންނަށް މަގުމައްޗަށް ނިކުމެ އީދު ކުޅިވަރުތައް ކުޅުމާއި އެ ދުވަހުގެ އުފާ ފާޅު ކުރުމުގައި ރައްކާތެރި މާހައުލެއް ހޯދައި ދިނުން ކަމުގައި ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލެ ސިޓީގެ ހަލަބޮލިކަން މައިތިރި ވާނީ ފައިމަގުގައި އުޅޭ ވަގުތުކޮޅެއް ހޯދިން ކަމަށާ، ވެހިކަލު ތަކުގެ ދުމުން އެކަހެރިވެލައި ބަރުގޮނުތަކުގެ އަޑުން މާހައުލު ހަމަހިމޭނެ ވުމަށް އެންމެވެސް ބޭނުންވާކަމަށެވެ.

މިކަމާ ގުޅޭގޮތުން ގިނަ ފަރާތްތަކަކުން ވަނީ ސިޓީ ކައުންސިލަށް ތައުރީފު ކޮށްފައެވެ. އަދި ކޮންމެ ހުކުރު ދުވަހަކު ވަކި ވަގުތެއް ފައިމަގުގައި އުޅޭ ގޮތަށް ހެދުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.