އައިޖީއެމް ހޮސްޕިޓަލުގެ އާ އިމާރާތް ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތްދޭ ކޮޓަރި ތަކުގެ ބޭރުގައި ހަރުކުރާ ނަންބޯޑުތަކުގެ ލިސްޓް އާންމު ކޮށްފިއެވެ.
264 ނަން ހިމެނޭ ދިގު ލިސްޓު ނެރެފައި ވާއިރު ކިޔާލަން ފަސޭހަ ބައެއް ނަންތައް ހިމެނުނު ނަމަވެސް 'ސަރްއްކާލި' އެބަ އޮތެވެ. އަދި ތްރީޑީއަށް 'ތިން މިނު މޫނު' ފަދަ އާދަޔާހިލާފު ނަންތައްވެސް އެބަ ހުއްޓެވެ.
މި ނަންބޯޑު ތަކުގައި ލިޔެފައިވާ ދިވެހި ބަހަކީ ދިވެހިންނާ ބީރައްޓެހި ދިވެހި ބަސް ކަމަށާ އަދި މިފަދަ ހިދުމަތްދޭ ތަނެއްގައި ހަރުކުރަންވާނީ ދިވެހިންގެ ތެރޭގައި އާންމުކޮށް ބޭނުންކުރާ ދިވެހި ބަހުން ލިޔެފައިވާ ބޯޑުތައްކަމަށް ބުނެ ބައެއް ފަރާތަތަކުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
މިނިސްޓާ އޮފް އާޓްސް ހެރިޓޭޖް އެންޑް ކަލްޗާ، ޔުމްނާ މައުމޫން ވަނީ ދިވެހި ބަހުގެ އެކަޑަމީ އިން އާ ލަފްޒުތައް ހެދުމުގެ އުސޫލު ތަކަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އައިޖީއެމްއެޗްގެ ނަން ބޯޑުތަކުގައި ލިޔާ ދިވެހި ބަސްތައް އެކުލަވާލައިފައި ވަނީ އާންމުން ރުހޭ ގޮތަށް ނޫންކަމުން އެކަމާ ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އާއި މަޝްވަރާ ކުރައްްވާފައެވެ.
އައިޖީއެމްއެޗުގެ ހިދުމަތްދޭ ކޮޓަރި ތަކުގެ ބޭރުގައި އިނގިރޭސި ބަހުން އޮންނަ ނަން، އިތުރު ބަދަލެއް ނުގެނެސް އޮތްގޮތަށް ދިވެހިން ލިޔެފައިވާތީ އެކަމާވެސް ސޯޝަލް މީޑިއާގައި އައިޖީއެމްއެޗަށް ބައެއް މީހުން ފާޑު ކިޔާފައެވެ.
މި ލިޔުމުގައި ހާދަ ކުށް ގިނައޭ