ރިޔާސީ ކޮމިޝަން ތަކަށް ބާރުދޭ ބިލު އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް ހުށަހަޅާފައިވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހެސައިންއެވެ.

އެޖެންޑާގައި ވާގޮތުން ހޯމަ ދުވަހު އޮންނާނީ ރިޔާސީ ކޮމިޝަން ތަކަށް ބާރުދޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ރިޔާސީ ކޮމިޝަން ތަކުގެ ބިލް ފާސްކޮށްދިނުން އަވަސްކުރުމަށް ރައީސް ސޯލިހް ނިމިދިޔަ 18 ވަަނަ ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގެންފައި ވީނަމަވެސް އެ ބިލުގެ މާބޮޑު މަސަތްކަތެއް 18 ވަނަ މަޖިލީހުގައި ކޮށްފައެއް ނުވެއެވެ.

ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ގެއްލުވާލައިފައިވާ މީހުންނާއި މަރުތަކުގެ މައްސަލައް ބެލުމަށް އަދި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރިއާސީ ކޮމިޝަންތަކެއް އުފައްދަވާފައެވެ.