19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ 9:30 ގައި ފެށިގެންދާނެއެވެ މިއީ މިހާތަނަށް މަޖިލީހުގައި އެންމެ މެންބަރުން ގިނަ ފަހަރުއެވެ. މިރޭ 87 މެންބަރުން ހުވާ ކުރައްވާ އިރު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ހޮއްވެވުމަށް ނަގާ ވޯޓު އޮންނާނެއެވެ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ނިންމާފައިވަނީ މަޖިލީހުގެ ރައީސްކަމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ގެންނެވުމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން އާ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގައި އެންމެ ދުވަސްވީ މެންބަރެވެ. އެގޮތުން މަޖިލީހުގެ އެންމެ ދުވަސްވީ މެންބަރަކީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމެވެ.

އިތުރަށް ވިދާޅުވޭ...