ދިވެހިންގެ ތެރޭގައި ޗެޓް ކުރުމަށް އެންމެ މަގްބޫލު އެއް އެޕްލިކޭޝަން ކަމަށްވާ ވައިބާގެ ހުރިހާ ސްޓީކާތަކެއް މަހަކު އެންމެ 19 ރުފިޔާ ދައްކައިގެން ލިބޭ ޕެކޭޖެއް ދިރާގުން ތައާރަފްކޮށްފިއެވެ.

އެ ކުންފުނިން ބުނީ، ދިރާގުގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކުރި މި ޕެކޭޖް މެދުވެރިކޮށް ކޮންމެ މަހަކުވެސް ފައިސާ ދައްކައިގެން މާވެލް، ޑިޒްނީ، ކާޓުން ނެޓްވޯކު ފަދަ ކޮންޓެންޓް ޕްރޮޑިއުސަރުންގެ ޕްރިމިއަމް ސްޓިކާތައް ޑައުންލޯޑުކޮށްގެން ޗެޓް ކުރުމުގައި ބޭނުންކުރެވޭނެ ކަަމަށެވެ.

މި ސްޓިކާ ޕެކޭޖް އެކްޓިވޭޓް ކުރުމަށް ވައިބާ ސްޓިކާ ޕޯޓަލް މެދުވެރިކޮށް އޭގައިވާ އިރުޝާދުތައް ފުރިހަމަ ކުރުމުން އެކަޓިވޭޓް ކުރެވޭނެއެވެ. އަދި މި ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ބޭނުން ވަގުތަކު ހިދުމަތް އަން ސަބްސްކްރައިބު ކުރެވޭނެއެވެ.

ދިވެހިންގެ ތެރޭގައި ބޭނުންކުރާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގެ ތެރެއިން ވައިބާ އަކީ ވަރަށް މަގުބޫލު އެޕެކެވެ. ރައްޓެހިންގެ މެދުގައާއި އާއިލާ ތެރޭގެ އިތުރުން މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ޗެޓް ގްރޫޕްތަކުގައި ވައިބާ ސްޓިކާތައް ބޭނުންކުރުން އާންމުވެފައިވާ އިރު ގިނައިން ސްޓިކާ ބޭނުންކުރަމުން ދަނީ ޒުވާނުންނާ ފުރާވާރުގެ އުމުރު ފުރައިގެ ކުދިންނެވެ. އެކި މުނާސަބަތުތަކާ ގުޅޭ ގޮތަށް ވައިބާއިން ތަފާތު ޑިޒައިންތަކުގެ ސްޓިކާތައް ނެރެމުންދާއިރު އެ ސްޓީކާތަކުގައި ލިޔުމުން ބޭނުންކޮށްފައިވާ ޝުއޫރުތައް ބޭނުންކުރަން ގިނަ ބަޔަކު ބޭނުންވެއެވެ.

މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ ދިރާގުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ފަހިކޮށްދީން މީ ރަނުގެ ފުރުސަތެކެވެ.