އީދު ދުވަހުގެ ކުރިން އަންނަ ރަސްމީ ދެ ދުވަސް ބަންދު ނުވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިހެން ވިދާޅުވީ ރޯދަމަހުގެ ފަހު ދެ ދުވަހަކީ އަންނަ ޖޫން މަހުގެ ދޭއް އަދި ތިނަކަށް ވެފައި ހަފްތާގެ ބާކީ ރަސްމީ ދުވަސްތަކަކީ އީދު ދުވަހުގެ ތިން ދުވަސްކަމުން، އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ކަލަންޑަރު ދައްކާގޮތުން މި އަހަރުގެ ރޯދަ މަހަކީ 29 ދުވަހުގެ ރޯދަ މަހެކެވެ. އަދި ފިތުރު އީދު ދުވަސް ވަނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހަށެވެ. ފިތުރު އީދުގެ މުނާސަބަތުގައި އިތުރު ދެ ދުވަސް ބަންދުކުރާ އިރު، އެ ދުވަހަކީ އެ ހަފްތާގެ ބުދަ އަދި ބުރާސްފަތި ދުވަހެވެ. އެހެންކަމުން އީދު ދުވަހުން ފެށިގެން ހަފްތާ ބަންދާއެކު ފަސް ދުވަސް ލިބެއެވެ.