ބޭނުންވާނެ ތަކެތި
- 60 ގ ފިޔާ
- 30 ގ ކެޕްސިކަމް (ސްލައިސް ކޮށް ކޮށާފައި)
- 30 ގ ކެރެޓް ( ދިގުކޮށް ކޮށާފައި)
- 50 ގ ކެބެޖް (ދިގުކޮށް ކޮށާފައި)
- 2 ލޮނުމެދު (ހިމުން ކޮށް ކޮށާފައި)
- ¼ މޭޒުމަތީ ސަމްސާ އަސޭ މިރުސް
- ކުޑަ ގަރަމް މަސާލާ ކޮޅެއް
- ރަހަ ހެޔޮވަރު ވާ ވަރަށް ލޮނު
- ¼ މޭޒުމަތީ ސަމްސާ ހަކުރު
- 1 ބިސް
- 130 ގ ނޫޑުލްސް (ކޮންމެ ވައްތަރެއްގެ ނޫޑުލްސް އެއްވެސް ބޭނުން ކުރެވިދާނެ)
ސޯސް ތައްޔާރު ކުރުމަށް
- 1 މޭޒުމަތީ ސަމްސާ ސޯޔާ ސޯސް
- 1 ½ މޭޒުމަތީ ސަމްސާ ވިނިގާ
- ½ ރެޑް ޗިލީ ސޯސް
- 1 މޭޒުމަތީ ސަމްސާ ގްރީން ޗިލީ ސޯސް
ތައްޔާރު ކުރާނެ ގޮތް
ތަވަޔަށް ތެޔޮފޮދެއް އެޅުމަށް ފަހު ހޫނު ވުމުން އޭގެ ތެރެއަށް ލޮނު ކޮޅެއް އެއްކޮށް ލުމަށް ފަހު ރޯ ބިހެއް އަޅާށެވެ. ބިސް ކުޑަކޮށް ރޯފިލުމުން ދޭފަތުން ކަފާލުމަށް ފަހު ތަށްޓަކަށް އަޅާށެވެ. ތަވަޔަށް ތެޔޮފޮދެއް އަޅާށެވެ. މިފަހަރު ތަރުކާރީ ކޮޅު ރޯ ފިލުވަން ވާނީ ބާރު ގިނީގައެވެ. އެންމެ ފުރަތަމަ ކޮށާފައި ހުރި ފިޔާގެ ތެރެއިން 3 ބައި ކޮށްފައި ދެބައި ތަވަޔަށް އަޅާ 1 މިނެޓު ވަންދެއް ރޯފިލުވާށެވެ. އެއަށް ފަހު ކޮށާފައި ހުރި ކެރެޓު ކޮޅު ފިޔާ ކޮޅުތެރެއަށް އަޅާ 1 މިނެޓަށް ރޯފިލުވާށެވެ. އަދި ލޮނުމެދު އެޅުމަށްފަހު 30 ސިކުންތު ވަންދެއް ރޯ ފިލުވާށެވެ. އެއަށް ފަހު ކެޕްސިކަމް، ކެބެޖް އަދި ކޮށާފައި ހުރި ތޮޅި މިރުސްކޮޅު ތަވަޔަށް އެއްކޮށްލުމަށް ފަހު 1 މިނެޓަށް ރޯ ފިލުވާށެވެ.
ވަކިން ތެއްޔަކަށް ފެންކޮޅަކާ ކުޑަ ލޮނުކޮޅެއް އެޅުމަށް ފަހު ހޫނު ކުރާށެވެ. ފެންކޮޅު ހޫނުވާން ފެށުމުން އޭގެ ތެރެއަށް ނޫޑުލްސް ކޮޅު އަޅާށެވެ. ނޫޑުލްސް އަޅަން ވާނީ ހިމުން ނުކޮށެވެ. ނޫޑްލްސް ކޮޅު ރޯފިލުމުން ތަށްޓަކަށް ނަގާ ކުޑަ ތެޔޮ ފޮދެއް އެއްކޮށްލާށެވެ. ތެޔޮ ފޮދު އެއްކުރުމުން ތަތްލެވުން ކުޑަ ވާނެއެވެ.
އެއަށްފަހު ރޯ ފިލުވާފައި ހުރި ތަރުކާރީ ކޮޅު ތެރެޔަށް ނޫޑުލްސް ކޮޅު އަޅާށެވެ. ދެން ލޮނު، އަސޭ މިރުސް، ގަރަމް މަސާލާ، އެއްކުރާށެވެ. އެއަށް ފަހު ސޯސް އަށް ބޭނުންވާ ތަކެތި ކުޑަ ތަށްޓަކަށް އަޅާ ރަނގަޅަށް އެއްކުރުމަށް ފަހު ނޫޑުލްސް ކޮޅު އޭގެ ތެރެއަށް އަޅާ އެއް ކުރާށެވެ. ރަނގަޅަށް އެއްކުރެވުމުން ބާކީ ހުރި ފިޔާކޮޅާއި ބިސްކޮޅު އެއްކޮށްލާށެވެ. އޭރުން ހުންނާނީ ޗޮއު މިން ތައްޔާރު ވެފައެވެ. ޗޮއު މިން އަކީ ޗައިނާގެ ކެއުމަކެވެ.