ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލި މައްސަލަ އަލުން އިސްތިއުނާފު ކުރުމަށް ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ މައްސަލައިގެ އަޑުއެހުން މާދަމާ އަށް ތާވަލު ކޮށްފިއެވެ. މާދަމާގެ އަޑު އެހުން އޮތީ ހެނދުނު 10:15 ގައި އެވެ.
ތަހުގީގު ނުނިމެނީސް ޖަލު ބަންދުގައި 30 ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބެހެއްޓުމަށް ނުފެންނާތީ ރައީސް ޔާމީނު ޖަލު ބަންދުން ދޫކޮށްލުމަށް ހުމުމް ކޮށްފައި ވަނީ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ޖަލުން މިނިވަން ކޮށްފައިވަނީ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި ޝަރީއަތް ނިމެންދެއް ހައްޔަރު ކޮށްފައި ބެހެއްޓުމަށް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާ އަޑު އެހުމަކަށް ފަހު މާޗް 28 ވަނަ ދުވަހު އެވެ.
ރައީސް ޔާމީން މައްޗަށް މަނީ ލޯންޑާ ކުރެއްވި ކަމުގެ ދައުވާ އުފުލިއިރު، އެ މައްސަލާގައި ރައީސް ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ކޯޓު އަމުރުގެ ދަށުން ފްރީޒް ކޮށްފައެވެ.
ކަމެއް ނުވާ ކޮމެޓީ ސަރުކާރު.....ހުވަފެން ބިލާހަަށް