ބޭނުންވާނެ ތަކެތި:

މީޓް ސޯސް:

  • 1 ބޮޑު ފިޔާ
  • 3 ލޮނިމެދު
  • އޮލިވް އޮއިލް ކޮޅެއް
  • 1200 ގ ގްރައުންޑް ބީފް
  • 1 ސައިސަމްސާ ލޮނު
  • 1 ސައި ސަމްސާ ޑްރައިޑް ބެސިލް
  • 2 މޭޒުމަތީ ސަމްސާ މުގުރި މިރުސް
  • 2 ސައިސަމްސާ އޮރިގާނޯ
  • 1 ސައިސަމްސާ މުގުރި އަސޭމިރުސް (ރާޅުކޮށް މުގުރާފަ)
  • 2 ދަޅު ޗޮޕްޑް ޓޮމާޓޯ ސޯސް
  • 4 ޖޯޑު ފެން

ވައިޓް ލަޒާނިއާ ސޯސް

  • 70 ގ ބަޓަރު
  • 4 މޭޒުމަތީ ސަމްސާ ފުށް
  • 80 އެމްއެލް ރޯ ކިރު
  • 1 ސައިސަމްސާ ލޮނު

ތައްޔާރު ކުރާނެ ގޮތް:

މީޓް ސޯސް:

ފިޔާ ކޮޅާ ލޮނުމެދު ތަވަޔަށް އަޅާލުމަށް ފަހު މިލާނަންދެއް ދޭފަތުން ހަލުވާށެވެ. ފިޔާ ކޮޅު މިލޭނުމުން ފިޔާކޮޅުގެ ތެރެއަށް އޮލިވް އޮއިލް ކޮޅެއް އަޅާށެވެ. ފިޔާކޮޅަށް މަށު މުށި ކުލައެއް އެރުމުން ބީފް ކޮޅު އެއްކޮށްލާށެވެ. ދެން ލޮނު، މުގުރި މިރުސް، ބެސިލް، އޮރިގާނޯ، އަދި އަސޭމިރުސްކޮޅު އަޅާލުމަށް ފަހު ރަނަގަޅަށް އެއްކޮށްލާށެވެ. އެއަށް ފަހު ޓޮމާޓޯ ސޯސް ކޮޅު އަޅާށެވެ. ދެން 4 ޖޯޑު ފެން އަޅާ ދެ ގަޑިއިރަށް މަޑު ގިނީގައި ކައްކާށެވެ.

ލަޒާނިއާ ވައިޓް ސޯސް:

ލަޒާނިއާ ވައިޓް ސޯސް ތައްޔާރު ކުރުމަށް ތަވައެއްގައި ބަޓަރު ކޮޅު މެލްޓު ކުރާށެވެ. އެއަށްފަހު ފުށް ކޮޅު އަޅާށެވެ. ރަނގަޅަށް ބަޓަރުކޮޅާއި ފުށް އެއްވުމުން ރޯކިރު އެޅުމަސްފަހު އޮލަ ވަންދެއް ކައްކާށެވެ. ކައްކާ ނިމުމުން ލޮނިކޮޅު އެއްކޮށްލާށެވެ.

ލޭޔާ ކުރާނެ ގޮތް:

  • ޗޮޕްޑް ޓޮމާޓޯ ސޯސް
  • އޮލިވް އޮއިލް
  • ލަޒާނިއާ ނޫޑުލްސް
  • ގާނައިފައި ހުރި ޗީޒް
  • ވައިޓް ސޯސް
  • ފްރެޝް މޮޒެރެއްލާ ފޮތި ފޮއްޗަށް ތުނިކޮށް ކަފާލައިފައި
  • ބީފް ސޯސް
  • މޮޒެރެއްލާ ޗީޒް ފޮތި
  • ލަޒާނިއާ ނޫޑުލްސް

މި ތަރުތީބަށް ލޭޔާ ހަދަމުން ދާށެވެ. ބޭނުމިއްޔާ ޓޮމާޓޯ ސޯސް ސްކިޕް ކޮށްލެވިދާނެއެވެ. އެންމެ މަތީގައި އަތުރަން ވާނީ މޮޒެރެއްލާ ޗީޒް ފޮއްޗެވެ. އޭގެ މައްޗަށް ގާނައިފައި ހުރި ޗީޒް އަޅަން ވާނެއެވެ.

ފިހާނެ ގޮތް:

ފިހުމުގެ ކުރިން ޓްރޭގެ މަތީގައި ފޮއިލް އަޅާށެވެ. ފޮއިލް އެޅުމަށް ފަހު 375oF ގައި 60 މިނެޓު ވަންދެއް ފިހާށެވެ. އެއަށް ފަހު 5 މިނެޓަށް ފޮއިލް ނަގާފައި ފިހެލާށެވެ. އޭރުން ހުންނާނީ ބީފް ލަޒާނިއާ ތައްޔާރުވެފައެވެ.