އެއީ މީގެ 4 ވަރަކަށް އަހަރު ކުރިއެވެ. ފިކްރާ ޔިލް ދިޔައީ އޭނާއެކު މަސައްކަތް ކުރަމުންދިޔަ މީހުންނާ ފްރިޖު ހިއްސާކުރަމުންނެވެ. ފެނާ ކާބޯތަކެތި ފޯރުކޮށްދެމުން ދިޔައީ ފިކްރާއެވެ. ފިކްރާ އުފަންކުރި "ރަމަދާން ޝެއާރިންގް ފްރިޖަޒް" އަކީ މިއަދު ރެޑް ކްރެސެންޓްގެ ކުޑައިގެ ދަށުން ހިނގަމުންދާ ކާމިޔާބު ހަރަކާތަކަށް ވަނީ ވެފައެވެ. މިއަދު ދުބާއީގެ އެކި ހިސާބުތަކުގައި މިފަދަ 200 އަށްވުރެ ގިނަ ފްރިޖު އެބަހުއްޓެވެ.
މިކަން ފެށުނީ ކިހިނެއް؟
މިކަން ފެށުމުގެ ހަގީގީ މޭސްތިރިއަކީ ސުމައްޔާ ސައީދެވެ. އެއީ ފިކްރާ ބޭނުން ކުރަމުން ދިޔަ ފްރިޖެއް އޭނާއަށް ހަދިޔާކުރި ހިސާބުންނެވެ. ސުމައްޔާ ހުޅުވާލީ ފޭސްބުކް ޕޭޖްއެކެވެ. އަދި އޭނާގެ ފްރިޖަށް ކާބާތަކެތި ލުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހުޅުވާލިއެވެ. 2016 ވަނަ އަހަރުގެ ރަމަޟާން މަސް ނިމުނުއިރު މިފަދަ 170 އަށްވުރެ ގިނަ ފުރިޖު ދުބާއީގައި ހުއްޓެވެ.
ފިކްރާއާއި ސުމައްޔާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހިންގަން ފެށި މަޝްރޫއުގައި 30000 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރި ވެފައިވާއިރު، މިކަންވ މިއަދު ވެފައިވަނީ އިޖުތިމާއީ ވަރުގަދަ ކެމްޕޭނަކަށެވެ. މިއީ މުޖުތަމައުގެ ލޯތްބާ ހަމްދަރުދީގެ ރަމްޒަކަށްވެސްވަނީ ވެފައެވެ.
މި ފުރިޖުތައް މެދުވެރިކޮށް ކާބޯތަކެތި ފޯރުކޯށްދެމުންދަނީ އެ ހިސާބުތަކުގައި މަސައްކަތްކުރަމުންދާ މީހުންނަށް ހާއްސަކޮށްގެން ކަމުގައި ވީނަމަވެސް، މިއީ އެންމެންގެ މެދުގައި އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ ކަމެކެވެ. އެގޮތުން ގޭގޭގެ ބަގީގާ ހައްދާ މީހުން ފަދަ، އާންމުކޮށް ބައްދަލުނުވާ ގިނަ ބަޔަކާ މި ކެމްޕޭންގެ ދަށުން ބައްދަލުވުމުގެ ފުރުސަތު ލިބިދެއެވެ.
ކޮންމެ މީހަކުވެސް މިއަދު ބަލަނީ ބޭނުންޖެހިފައިވާ މީހަކަށް ހާއްސަކޮށްގެން ފުރިޖުތަކަށް ކާއެއްޗެއް ލެވޭތޯއެވެ. އަނެއް ބަޔަކު މަސައްކަތް ކުރަނީ ފުރިޖުތައް ސާފުކުރުމުގެ މަސައްކަތުގައި ކަމަށްވާއިރު، އަނެއް ބަޔަކު ހަރަކާތްތެރިވަނީ އިންސާފުވެރިކަމާއެކު ކާބޯތަކެތި ފޯރުކޮށްދިނުމަށެވެ.
ދުބާއީގައި މަސައްކަތް ކުރަމުންދާ އެހެން ގައުމުތަކުގެ ރައްޔިތުންނަކީ މިކަމުގެ އެންމެ ފުރިހަމަ އުފާ ހިއްސާކުރަމުންދާ މީހުންނެވެ. އަމިއްލަ ވަޒަނާ އާއިލާ ދޫކޮށް އެހެން ގައުމެއްގައި މަސައްކަތްކުރަމުންދާއިރު، މިފަދަ ކެމްޕޭނެއްގެ ދަށުން ކާބޯތަކެތި ލިބެމުންދިއުމަކީ ހިތާ ކުޅެލާ ފަދަ އިހުސާސެއް ކުރުވާ ކަމެއް ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.