ރޯދަ ހިފުމަކީ ހަމައެކަނި ދީނީގޮތުން ފައިދާތަކެއް ކުރިމަތިވާ ކަމެއް ނޫނެވެ. އެއީ އޭގެ ޒާތުގައި އެހެނިހެން އެތައް ފައިދާތަކެއް ކުރުވާ ކަމެކެވެ. ސިއްހީ ގޮތުން ވެސްމެއެވެ. އެގޮތުން:

ޑީޓޮކްސިފިކޭޝަން

ހަށިގަނޑަށް އެއްވެސް ޒާތެއްގެ ކާނާއެއް އެތެރެ ނުވުމުގެ ސަބަބުން، ހަށިގަނޑުގައި ހުންނަ ސަރުބީތަކުން ބުންވަރު އުފެދެއެވެ. މީގެ ސަބަބުން މި ސަރުބީތަކުގައި ހުންނަ ކެމިކަލްތައް ބޭރުވެ، ހަށިގަނޑުގެ ގުނަވަންތަކުން މި ކެމިކަލްތައް ނެތިކޮށްލައެވެ.

ނަފްސާނީ ދުޅަހެޔޮކަން

ރޯދަ ހިފުމުގެ ސަބަބުން ލޭގައި ހުންނަ އެންޑޯފިންސް ކިޔާ މާއްދާއެއް އިތުރުވެއެވެ. މީގެ ސަބަބުން ސިކުނޑިއަށް ތާޒާކަން ގެނެސްދީ، ކަންކަމުގައި ހުންނަ ޝައުގުވެރިކަން އިތުރުކޮށްދެއެވެ.

ބަރުދަން ލުއިވުން

ގިނަ ވަގުތު ނުކައި ހުރުމުގެ ސަބަބުންނާއި، ކެއުމަށް ވަކި ގަޑިއެއް ދެމެހެއްޓުމުގެ ސަބަބުން މީހާގެ ބަރުދަން ލުއިވެއެވެ. އަދި ފުރަމޭ އިން ކުރާ މަސައްކަތް ރަނގަޅު ކޮށްދީ، ކޮލަސްޓްރޯލް އަދި ސަރުބީތައް ހޫނަށް ބަދަލުކޮށްދެއެވެ. މީގެ ސަބަބުން، ރޯދަ އަށް ހުރުމަށްފަހު، އެއް ގަޑިއެއްގައި މާގިނައިން ކެއުމުން ދުރުކޮށްދީ، ގަޑިން ގަޑިއަށް ކެއުމަށް މީހާ އާދަކޮށްދެއެވެ.

ފިޓު ޖެހުމުން ދުރުކޮށްދޭ

ފިޓު ޖެހުމަކީ ނާރުތަކާއި ސިކުނޑިއާ ގުޅިފައިވާ ބައްޔެކެވެ. އެގޮތުން، ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރޯދަ ހިފުމުގެ ސަބަބުން ފިޓު ޖެހޭ މީހުން ފިޓު ޖެހޭ މިންވަރު މަދުކޮށްދެއެވެ.

ޕެންކްރިއަޓިޓިސް އިން ދުރުކޮށްދޭ

ޕްންކްރިއަޓިޓިސް އަކީ ހަޖަމް ކުރުމުގެ ނިޒާމުގައި ބޮޑު ޒިންމާ އެއް އަދާކުރާ ޕެންކްރިއަސް އަށް ދިމާވާ ބައްޔެކެވެ. މި ބައްޔަކީ ޕެންކްރިއަސް ދުޅަ ވުމުގެ ސަބަބުން ދިމާވާ ބައްޔެކެވެ. އަދި ރޯދަ ހިފުމުން، މި ބައްޔަށް މާ ބޮޑު އިތުރު ފަރުވާއަކާ ނުލާ ފަސޭހަކޮށްދެއެވެ.