ބޭނުންވާނެ ތަކެތި
- 250 ގ ހިމުންކޮށްފަ ހުރި ކުކުޅު
- ½ ސައިސަމްސާ ލޮނު
- ½ ސައިސަމްސާ މުގުރި އަސޭ މިރުސް
- 1 ސައިސަމްސާ މުގުރި މިރުސް
- 1 ސައިސަމްސާ މިކްސްޑް ހާބްސް
- 1 ސައިސަމްސާ ގާލިކް އެންޑް ޖިންޖާ ފޭސްޓު
- ½ ޖޯޑު ގާނައިފައި ހުރި މޮޒެރެއްލާ ޗީޒް
ތެލުލުމަށް
- 2 ބިސް
- ގޮދަން ފުއްކޮޅެއް
- ފާރޮށި ކުނޑިކޮޅެއް
ތައްޔާރު ކުރާނެ ގޮތް
ހިމުން ކޮށްފަ ހުރި ކުކުޅު ކޮޅު ތައްޓަކަށް އެޅުމަށްފަހު ބިސް، ފާރޮށި ކުނޑި އަދި ފުށް ނޫން ހުރިހާއެއްޗެއް އެއްކޮށްލައި ރަނގަޅަށް ކުކުޅުކޮޅު މޮޑެލާށެވެ. އެއަށް ފަހު ކުޑ ތެޔޮކޮޅެއް އަތުގައި ހާކާލުމަށްފަހު މޮޑެފައި ހުރި ކުކުޅޫ ކޮޅު އިނގިލީގެ ބައްޓަމަށް ވަށާލާށެވެ. އެއަށްފަހު ވަށާލި ކުކުޅު ކޮޅުގެ ކުޑަ ފުއްކޮޅެއްގެ ތެރެއަށް ލާށެވެ. އެއަށްފަހު ކުޑަ ދެބިސް ތައްޓަކަށް އަޅައި ރަނގަޅަށް ގިރާލާށެވެ. ދެން ކުކުޅު ކޮޅުގެ ބޭރުގައި ބިސް ހޭކުމަށްފަހު ފާރޮށި ކުނޑިކޮޅަށް ކުކުޅުކޮޅު ލައި ރަނަގަޅަށް ބޭރުގައި ފާރޮށި ކުނޑި ތަތް ވުމުން ހެޔޮވަރު ވަރެއްގައި ތެޔޮ ހޫނުކޮށް ރަތް ވަންދެއް ކުކުޅުކޮޅު ތެލުލާށެވެ. އޭރުން ހުންނާނީ ޗިކެން ޗީޒް ފިންގާސް ތައްޔާރުވެފައެވެ. ޗިކެން ޗީޒް ފިންގާސް އަކީ ސޯސް ޖައްސައިގެން ކާލަން މީރު ލުއި ހެދިކާއެކެވެ.