ބޭނުންވާ ތަކެތި

  • 1 ދަޅު ޕައިންއެޕަލް
  • 250 ގްރާމް ފުށް
  • 6 ބިސް
  • 250 ގްރާމް ހަކުރު
  • 250 ގްރާމް މާޖިރިން
  • 1 މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ


ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ބިސް، ހަކުރު އަދި މާޖިރިން މިކްސަރުން އެއްކޮށްލާށެވެ. އެއަށްފަހު ފުށްތަށި ތެރެއަށް އަޅާލާށެވެ. ދެން ފުށްތަށި ތެރެއަށް އެއް މޭޒުމަތީ ސަމްސާ ބޭކިން ޕައުޑާ އަޅާލުމަށްފަހު ކުޑަ ފެން ފޮދެއް އަޅާ ރަނގަޅަށް އެއްކޮށްލާށެވެ.

ދެން ކޭކު ފިހާ ޓްރޭ ތެރެއަށް ކުޑަ ހަކުރު ކޮޅެއް އަޅާލުމަށް ފަހު އުނދުން މައްޗައް އުދާ ހަކުރު ކޮޅު މުށި ކުލަ އަރަންދެން ބަހައްޓާށެވެ. ހަކުރު ވިރިގެން ދިޔުމުން އުދުނުން ބޭލުމަށް ފަހު އަލަނާސި ފޮތިތައް ޓްރޭގައި އަތުރާލާށެވެ. އެއަށްފަހު ކޭކު ފުށްގަނޑު އޭގެ ތެރެއަށް އަޅާލާށެވެ.

މީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ އަނގަޔަށް މީރު ފޮނި އެއްޗެކެވެ.