رحمن رحمن "ރަހުމާން ޔާ ރަހުމާން" މަދަހަ އަކީ ދިވެހިންނަށް އާ މަދަހައެއް ނޫނެވެ. ކޮންމެ ރޯދަ މަހެއްގައި އަޑު އިވި އެންމެންގެ ހިތްތަކުގައި ބިންވަޅު ނެގި "محماد يا راسول الله" މަދަހައަށް ފަހު ދިވެހިންގެ ތެރޭގައި މަގުބޫލުކަން ހޯދި މަދަހަ އަކީ مشاري راشد العفاسي (މިޝަރީ ރާޝިދު އަފް އަފާސީ) ވިދާޅުވެފައިވާ ރަހުމާން ޔާ ރަހުމާން މަދަހައެވެ.

https://www.youtube.com/watch?v=M3xjz4nxzGQ

މި މަދަހަ ޔޫޓިއުބުން 1.8 މިލިއަން މީހުން ބަލާފައި ވާއިރު މި މަދަހަ ދިވެހިންގެ ތެރެއަށް މަގުބޫލުވީ މަދަހަ މުބާރާތުގައި އެކި ދަރިވަރުން މި ރާގަށް މަދަހަ ކިޔަފައި ވާތީއެވެ.

މި މަދަހައިގެ އަޑުގެ ވެރިއަކީ ކުވައިތަށް އުފަން މަޝްހޫރު ގާރީއެވެ. ސެޕްޓެމްބަރު 5، 1976 ގައި އުފަންވި މިޝަރީއަކީ މަދަހަ ވިދާޅުވުމުގެ އިތުރުން މަޝްހޫރު ގާރީއެއްވެސް މެއެވެ. ގިނަ ބައެއްގެ ފޯނުތަކަށް އިންސްޓޯލް ކޮށްފައިވާ ގުރްއާން އެޕްގައި މިޝަރީގެ ކިޔެވުން ހިމެނެއެވެ. އަދި ކިޔަވާ ވިދާޅުވާ އިރު އަސަރުގައި ކިޔަވާ ވިދާޅުވުމުގައި މަޝްހޫރު ބޭފުޅެއް ވެސް މެއެވެ.

https://www.youtube.com/watch?v=_OEooOlVKwc

މިޝަރީ ތައުލީމު ހާސިލު ކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީ އިންނެވެ. 2 އަހަރު ތެރޭ ގުރުއާން ހިތުދަސްކުރައްވައި އަދި މިހާރު މިޝަރީއަކީ ކުވައިތުގެ ގްރޭންޑް މިސްކިތުގެ އިމާމެވެ. ގުރްއާން ކިޔަވާ ވިދާޅުވުމުގައި އާދަޔާ ހިޔާފު ހުނަރަކާ މަހުރަޖުގެ ސާފުކަން ހުރި މިޝަރީ ވަނީ ބައިނަލްއަގުވާމީ އެވޯޑުތައް ހޯއްދެވުމުގެ އިތުރުން އެންމެ ރީތިކޮށް ގުރްއާން ކިޔަވާ ވިދާޅުވުގެ ޝަރަފު 2012 އަހަރު ހޯއްދަވާފައެވެ.

ރަހުމާން ޔާ ރަހުމާން މަދަހަ ހަދަފައިވަނީ އަލްގަން ތޯބަތެވެ. މިއުޒިކް ކޮމްޕޯސް ކުރުމާއެކު މަދަހަ ވިދާޅުވެ އަދި މަދަހައިގައި އެކްޓް ކުރައްވާފައި ވަނީ މިޝަރީއެވެ. މި މަދަހަ ޑައިރެކްޓް ކޮށްފައިވަނި ރަޝިއާގެ ރައްޔިތެއް ކަމަށް ވާ ދެމަ ގަޒޯފް އެވެ.