އެހެން މަސްތަކާ ހިލާފަށް ރޯދަމަހުގައި ކައި ބޮއެ އުޅޭ ވަގުތަށް އަންނަ ބަދަލާ އެކު ރޯދަމަހު ގޭގޭ ސުފުރާ މަތިން ތަފާތު ބާވަތްތަކުގެ ކާނާތަކުން މޭޒުމަތި ފުރާލައެވެ. ކެއުން ބުއިމަށް ރަހަމީރުކޮށް ތަކެތި ތައްޔާރު ކުރުމުގައި އަންހެންވެރިންނާ އެކުވެ ފިރިހެންވެރިންވެސް ބައިވެރިވެއެވެ. އެގޮތުން ރޯދަމަހު އެންމެ ބާރުބޮޑުވާ އެކައްޗަކީ ގޭސް ފުޅިއެވެ.

އެއްފަހަރާ ހަތަރު ތަނުން ކެކޭ އުނދުނުގެ ހަތަރު ތަނަށްވެސް ތެލިތައް އުދައިގެން ކެއްކުން ކުރިއަށް ގެންދަނީ ހަވީރު ވާންވާއިރަށް ބަދިގޭގެ މަސައްކަތުން ސަލާމަތްވެ އިރުއޮއްސެންވާއިރަށް ސުފުރާމައްޗަށް ކާތަކެތި އެރުވުމަށެވެ. މިފަދައިން އަވަހަށް މަސައްކަތް ނިންމާލަން ވިސްނައިގެން ހުންނަ އިރު ގިނަ ފަހަރަށް ނޭނގި ހުއްޓާ ހުސްވާނީ ގޭސް ފުޅިއެވެ. އެހިސާބުން ގޭސް ފުޅިއަށް އޯޑަރުކޮށްގެން ތިބެ ކާއެތިކޮޅު ރޯފިލުވައިގެން މަޣްރިބް ނަމާދަށް ބަންގިގޮވަން ވާއިރަށް ވެސް ރޯދަ ވީއްލަން ތައްޔާރުކުރަން އުޅުނު ސާމާނު އޮންނާނީ ތައްޔާރުކޮށް ނިންމާލެވޭ ގޮތް ނުވެފައެވެ.

ރޯދަ ވީއްލަން ސުފުރާ މަތި ތައްޔާރުކޮށްފައި / ފައިލް ފޮޓޯ: ސޯޝަލް މީޑިއާ

ގިނަ ދިވެހިން ރޯދައާ ދިމާކޮށް އިތުރި ގޭސް ފުޅިއެއް ހޯދައެވެ. ގޭސްފުޅި ހުސްވުމުގެ ކުރިން އިތުރު ގޭސްފުޅިއެއް ބެހެއްޓުމަކީ ބުއްދިވެރިކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. މިފަދައިން ގިނަ ބަޔަކު ދެކޭ ސަބަބަކަށް ވެފައިވަނީ ގިނަ ފަހަރަށް ގޭސް ފުޅިއަކަށް އޯޑަރުކޮށްގެން ގެއާ ހަމައަށް ގޭސް ފުޅި ޑެލިވާ ކޮށްދެވޭނީ ކަރޯބާރު ބޮޑު މާލޭގެ މަގުތަކުން ވަރަށް ލަސްވާ ފަހުންނެވެ.

އެގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން މޯލްޑިވްސް ގޭހުން ބުނީ ރޯދައާ ދިމާކޮށް އެ ކުންފުނިން ގޭސްފުޅީގެ އޯޑަރު ނެގުމަށް ހަމަޖެހިފައިވާ ވަގުތުތަކަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމަށާއި ރޭގަނޑު 8:00 އިން 11:30 އަށް ކަމަށެވެ. ހަމައެއާއެކު ގޭސް ފުޅި ޑެލިވަރީ ކުރަން ފަށާނީ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށާއި އަދި ރޭގަނޑު 9:00 އިން ފެށީގެން ނެގިފައިވާ އޯޑާތަކުގެ ޑެލިވަރީ ކޮށް ނިމެންދެން ޑެލިވަރީ ކުރިއަށް ގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ގޭސްފުޅި ހުސްވުމުގެ ބިރަށް ވިސްނާ ފަދައިން ގޭގޭގައި އަލިފާނުގެ ހާދިސާ ހިންގާފާނެކަމަށް ސަލާމަތާ ރައްކާތެރިކަމަށްވެސް ބަލަންޖެހެއެވެ. ބަދިގޭގައި ގޭސް އުނދުން ކައްކަމުން ދާއިރު ކަރަންޓުން ބޭނުންކުރާ ކިތަންމެ ސާމާނެއް ހުރެއެވެ. އަވަނާ، މިކްސަރާ، އެއާ ފަރަޔާ، ކޭކް މިކްސަރު ފަދަ ތަކެތި ރޯދަމަހު ގިނައިން ބޭނުންކުރެއެވެ. އަދި ރޯދައަށް ހުރެ އުނދުން މައްޗަށް އެއްޗެއް އުދާފައި ދުރަށް ޖެހިލެވޭ ފަހަރުވެސް އާދެއެވެ. މިފަދަ ކަންކަމުން ރައްކާތެރިވުމަށް ވަރަށް ސަމާލުވާން ޖެހެއެވެ. އަލިފާނުގެ ހާދިސާއިން ލިބިދާނެ ގެއްލުމަކަށް ވަރަށް ބޮޑަށް ބަލަން ޖެހެއެވެ.