ރެއިން ފެށިގެން ހަ ދުވަހުގެ ރޯދަ ނިމެންދެން އިމްޕޯޓް މުދާ ވިއްކާ ފިހާރަތައް 12 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނަމިކް މިނިސްޓްރީން ބުނީ ރެއިން ފެށިގެން ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމުގައެވެ. މިއީ ރޯދަމަހަށް އެކަނި ދިފައިވާ ހުއްދައެކެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއުންބުއިމުގެ ހިދުމަތް ދިނުމަށް ހުޅުވާފައި ބެހެއްޓޭނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދުގެ ވަގުތު ތަކުގައި ކަމަށެވެ.

ރޯދަމަހުގެ ވިޔަފާރި ކުރާ ގަޑިތަކަށާއި، ކެފޭ ރެސްޓޯރެންޓް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ އިރު، ރޯދަމަހާއި، ޝައްވާލަމަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ރަސްމީ ގަޑި ވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު 1 އަށް ކަމަށް ރައީސް އޮފީހުން ވަނީ ކަނޑައަޅާފައެވެ.