ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގައި، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ތަކަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ. މި މައްސަލައިގާ ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ޒުވާނެކެވެ.
މި މީހާ ހައްޔަރު ކޮށްފައިވަނީ މިއަދު ހެނދުނު ހުޅުމާލެއިން މާލެ އަށް ދަތުރު ކުރި ޓެކްސީ އެއްގައި އިންދާ، ޓްރެފިކް ލައިޓް ގައި މަޑުކުރި ވަގުތު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އެ ޓެކްސީ ހުއްޓުވައި ބެލި އިރު ފުޅި މަދު ފޮށި ތަކެއްގެ ތެރެއިން ގިނަ އަދަދެއްގެ ކަރަންޓު ސާމާނު ތަކެއް ފެނިފައި ވާކަމަށެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.