32 އަހަރަށްފަހު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން، މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން، ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

ފުލުހުން ބުނީ މި ހާއްސަ ހަފްލާ އަކީ ނަވީން ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމަށް ބޭއްވި ހަފްލާއެއްކަމަށެވެ. އެގޮތުން މިހަފްލާގެ ތެރެއިން، 32 އަހަރު ފުލުހުންގެ އިދާރާ އަށާއި ދިވެހި ގައުމަށް ނަވީން ކޮށްދެއްވާފައިވާ މަސައްކަތް ފާހަގަކޮށްފައިވެއެވެ.

މިހަފްލާ ޝަރަފުވެރިކޮށްދެއްވާފައި ވަނީ މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަލީ އިހުސާންއެވެ. މިނިސްޓަރު އިހުސާން އާ އެކު، ޑެޕިއުޓީ ކަމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ، އަދި ސީނިއާ އޮފިސަރުންނާއި، ފުލުހުންނާއި، ސިވިލް ސާވިސް މުވައްޒަފުން ވަނީ މިހަފްލާގައި ބައިވެރިވެފައެވެ.

ނަވީން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންފައި ވަނީ 2006 ވަނަ އަހަރުއެވެ. އަދި ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަންކުރައްވާފައި ވަނީ މިދިޔަ އަހަރު އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

ނަވީން، މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އޭނާ ހުންނެވި މަގާމުގެ މަސްއޫލިއްޔަތު ވަގުތީގޮތުން ޑެޕިއުޓީ ކަމިޝަނަރު އޮފް ޕޮލިސް ފަރުހާދާ ހަވާލު ކުރައްވާފައި ވެއެވެ.