ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމުން އަބްދުﷲ ނާޒިމް އިބްރާހިމް އިސްތިއުފާ ދެއްވައިިފިއެވެ.
ނާޒިމް އިސްތިއުފާ ދެއްވާފައިވާކަން މި ނޫހަށް ކަށަވަރު ކުރެވުނު ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ.
އޭނާ ވަނީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީގެ އިތުރުން މި ސަރުކާރުގެ ހެލްތް މިނިސްޓަރުކަންވެސް ކުރައްވާފައެވެ. ހެލްތް މިނިސްޓަރުކަމުން ނާޒިމް އިސްރިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް ފަހު 10 މިނިސްޓަރުން އިސްތިއުފާ ދެއްވިއިރުއެވެ.
އޭގެ ފަހުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ވަޒީރުންގެ ފެންވަރުގައި ނާޒިމް އައްޔަން ކުރީ މިދިޔަ ޖޫން މަހުގައެވެ.
ނާޒިމް ވަނީ ކުރީގެ ރައިސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް ހެލްތު މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.
