ިނިސްޓާ އޮފް ހެލްތު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހެލްތު މިނިސްޓަރުކަމާ ނާޒިމް ހަވާލުވެވަޑައިގަތީ މިސަރުކާރުން ފުރަތަމަ އެކުލަވާލި ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިންނެވެ. އޭރު އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް ފޮރިން މިނިސްޓަރުގެ މަގާމަށް ބަދަލުކުރެއްވުމާ ގުޅިގެން، ހެލްތު މިނިސްޓަރުކަމަށް ނާޒިމް އައްޔަނުކުރެއްވިއިރު، އޭނާ ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ.
އަބްދުﷲ ނާޒިމް އިބްރާހިމަކީ މީގެ ކުރިން ވެސް ސިއްހީ ދާއިރާގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، 2016 އިން 2018 އަށް ނާޒިމް ވަނީ ހެލްތު މިނިސްޓަރުކަމުގެ މަގާމު ފުރުއްވާފައެވެ. މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ނާޒިމް ކުރިން ކުރައްވާފައިވެއެވެ.
ނާޒިމްގެ އިސްތިއުފާއާ ގުޅިގެން ހުސްވި ހެލްތު މިނިސްޓަރުގެ މަގާމަށް ދެން ބޭފުޅަކު އައްޔަނުކުރައްވާނެ ވަގުތެއް އަދި ސާފެއް ނުވެއެވެ.
