ޕެރޫއަކީ މިވަގުތު މުޅި ދުނިޔޭގައި ވެސް ނޯވޭގެ ފޯވަޑް އާލިންގް ހާލަންޑްގެ ނަމުން ނަން ކަޔާފައިވާ ކުދިން އެންމެ ގިނަ ރަށް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނީ މިމަހުގެ ތެރޭގައި ޕެރޫއަށް އުފަންވީ 500 އަށް ވުރެ ގިނަ ކުދިންނަށް ނަން ދީފައިވަނީ ހާލަންޑްއަށް ނިސްބަތްކޮށް ކަމަށެވެ. މިގޮތުން 468 ކުދިންގެ ނަމުގެ ކޮންމެސް ހިސާބެއްގައި ހާލަންޑް ހިމަަނާފައިވާ އިރު 91 ކުއްޖަކަށް ކިޔާފައިވަނީ ހަމަ 'އާލިންގް ހާލަންޑް' ކަމަށް ވެސް މި ރިޕޯޓްތައް ބުނެއެވެ.
ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ޕެރޫގައި ހާލަންޑް މިހާ މަޝްހޫރުވީ ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ނޯވޭ ފުރަތަމަ ފަހަރަށް ގެންގޮސް ދިނުމުގައި އޭނާ ކުޅުނު މުހިއްމު ރޯލާއެކުވެސްމެއެވެ.
މިއީ ހާލަންޑްގެ ފުރަތަމަ ވޯލްޑްކަޕް ނަމަވެސް އޭނާ ވަނީ 6 މެޗުގައި 7 ލަނޑު ޖަހާފައެވެ. މިގޮތުން، މުބާރާތުގެ ގަދަ 16 ގައި ނޯވޭ ބްރެޒިލްގެ މައްޗަށް ކުރި ހޯދި މެޗުގައި ހާލަންޑް ދެ ލަނޑު ޖަހާފައެެވެ. ނޯވޭގެ ތާރީހީ މުބާރާތުން އެޓީމު ކަޓައިގެން ދިޔައީ ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގައި 2-1 އިން އިންގްލޭންޑް އަތުންނެވެ.
ވޯލްޑްކަޕްގެ ތެރޭގައި ސޯޝަލް މީޑިއާގައި ހާލަންޑް ހިއްސާކުރާ ޕޯސްޓްތަކާ ވީޑިއޯތަކާއެކު ވެސް އޭނާގެ މަގްބޫލުކަން ވަނީ އިތުރުވެފައެވެ.
މިގޮތުން، 65.9 މިލިއަން އެކައުންޓުން އިންސްޓާގްރާމްގައި ހާލަންޑް 'ފޮލޯ' ކުރާ އިރު މިއީ އިންގްލިޝް ޕްރިމިއާ ލީގުގެ ހުރިހާ ޓީމަކަށް ވުރެ ގިނަ ފޮލޯވަރުންނެވެ.
