މިހާރު ކުރިއަށްދާ ވޯލްޑްކަޕްގެ ގަދަ 16 ކުރިމަތިލުންތައް މިރޭ ފަށާނެއެވެ. މިގޮތުން، ގަދަ 16 ގެ ފުރަތަމަ ކުރިމަތިލުމުގައި ވާދާކުރާނީ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ ކެނެޑާއާ އެފްރިކާ ތަމްސީލު ކުރާ މޮރޮކޯއެވެ.

މި މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 10 ޖަހާ އިރުއެވެ. ކެނެޑާ ގަދަ 16 އަށް އައި ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި 1-0 އިން ސައުތްއެފްރިކާ ބަލިކުރުމަށް ފަހުއެވެ.

މެޗަށް ފަހު މޮރޮކޯގެ ކުޅުންތެރިން ޝުކުރުގެ ސަޖިދަކުރަނީ/ފޮޓޯ: އެކްސް

އަނެއްކޮޅުން، މިއީ މޮރޮކޯ ވޯލްޑްކަޕްގެ ގަދަ 16 ގައި ޖައްސަ ޖައްސައިގެން ކުޅޭ ދެވަނަ ފަހަރެވެ. އެޓީމުން ގަދަ 16 ގެ ޖާގައެއް ކަށަވަރު ކުރީ ދެވަނަ ބުރުގައި ނެދެލޭންޑްސް ޕެނަލްޓީ ޖަހައިގެން ބަލިކުރުމަށް ފަހުއެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ ގަދަ 4 ޓީމުތަކުގެ ތެރޭގައި މޮރޮކޯ ހިމެނުނު އިރު މިރޭގެ މެޗުން މޮޅުވާ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނެއެވެ. އަދި ކުއާޓާގައި ވާދަކުރާނީ ޕެރަގުއޭ އާ ފްރާންސްއާ ކުޅެ މޮޅުވާ ޓިމަކާއެވެ.

ދަންވަރު 2 ޖަހާ އިރު ފްރާންސްއާ ޕެރެގުއޭ

މިރޭ ގަދަ 16 ގެ ދެވަނަ މެޗުގައި ފްރާންސް ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ. މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ ފްރާންސް ގަދަ 16 ކަށަވަރު ކުރީ ދެވަނަ ބުރުގައި ސުވިޑަން 3-0 އިން ބަލިކުރުމަށް ފަހުއެވެ. މިމުބާރާތުގައި ފްރާންސް ކުޅުނު ހުރިހާ މެޗަކުން އަދިވީ މޮޅެވެ.

ފްރާންސް ވަނީ 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕް މުބާރާތްތަކުގެ ފައިނަލަށް ދަތުރުކޮށްފައި/ފޮޓޯ: އެކްސް

ޕެރަގުއޭ ގަދަ 16 އަށް އައި ވަރުގަދަ ޖާމަނީ ޕެނަލްޓީ ޖަހައިގެން ބަލުކުރުމަށް ފަހުއެވެ. މިރޭ ޕެރެގުއޭގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދާނެ ކަމަށް ބެލެވޭ އިރު މިއީ ފްރާންސް ޓީމަށް ކުރިމަތިވާނެ އެންމެ ވަރުގަދަ އިމްތިހާނެވެ.

މިމެޗު ކުޅެނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 2 ޖަހާ އިރުއެވެ.