މިހާރު ކުރިއަށްދާ ވޯލްޑްކަޕް 2026 ގެ ގްރޫޕް ސީގައި ހައިޓީ އަދި ސްކޮޓްލޭންޑް ވާދަކުރި މެޗު 1-0 އިން ސްކޮޓްލޭންޑް ކާމިޔާބުކޮށްފިއެވެ. މިއީ 1990 އަހަރުގެ ފަހުން ވޯލްޑްކަޕްގެ މެޗަކުން ސްކޮޓްލޭންޑް މޮޅުވި ފުރަތަމަ ފަހަރެވެ.
މިމެޗުގައި ސްކޮޓްލޭންޑް މޮޅުކޮށް ދިން ލަނޑު ޖަހާ ދިނީ އިންލޭންޑްގެ އެސްޓަން ވިލާއަށް ކުޅޭ އެޓީމުގެ ކުޅުންތެރިޔާ ޖޮން މިގިންއެވެ. މިގިން މިލަނޑު ޖެހީ މެޗުގެ 29 ވަނަ މިނެޓްގައެވެ.
ފުރަތަމަ ހާފް ސްކޮޓްލޭންޑް ކުރީގައި އޮވެގެން ނިންމި އިރު ދެވަނަ ހާފްގައި ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ހައިޓީންނެވެ. މިގޮތުން، ފޯވަޑް ޕިރޯއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.
މެޗުގެ ދެވަނަ ހާފްގައި ސްކޮޓްލޭންޑުން ބޮޑަށް ޑިފެންސިވް ކުޅުމެއް ކުޅުނު ނަމަވެސް ކައުންޓާގައި ލަނޑު ޖަހާ ލީޑު ފުޅާކުރާނެ ފުރުސަތުތައް ވެސް އެޓީމަށް ލިބުނެވެ.
މެޗުގެ އެންމެ ފަހު މިނެޓާ ހަމައަށް ދަންދެން ވެސް ހައިޓީއިން ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރަން މަސައްކަތް ކުރި ނަމަވެސް މެޗު ނިމުނީ ހަނި ގޮތަކަށް ސްކޮޓްލޭންޑް މޮޅުވެ ވޯލްޑްކަޕް މެޗަކުން މޮޅުވޭތޯ އެގައުމުގެ ޓީމާ ސަޕޯޓަރުން ކުރި ދިގު އިންތިޒާރުގެ ނިމުމާއެކު އެވެ.
އަދި މި ގްރޫޕްގައި ކުރިން ކުޅުނު މެޗުގައި ބްރެޒިލްއާ މޮރޮކޯ ވާދަކޮށް 1-1 އިން އެއްވަރުވުމުން ސްކޮޓްލޭންޑް މިވަނީ ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރިއަށް އަރާފައެވެ.
