ރޭގެ ވަގުތެއްގައި ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ އިންޑިޔާ ރައްޔިތެއް ކަމަށް ފުލުހުން ބުނެފިއެވެ.

ސިނަމާލެ ބްރިޖުގެ އެއާޕޯޓު ލައިޓް ކައިރީ މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 22:12 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެގެން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާ ރޭ ނިޔާވެފައިވާ އިރު، ފުލުހުން މިއަދު ބުނީ ނިޔާވީ އިންޑިއާއަށް ނިސްބަތްވާ 50 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މާލޭ ސަރަހައްދުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާ އެއް ސަރަހައްދަކީ ސިނަމާލެ ބްރިޖު ސަރަހައްދެވެ. މިއަހަރު މިހާތަނަށް 1206 ޓްރެފިކް އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.