ކުޅުދުއްފުށީ މޫދު އަޑިން ފެނުނު އުމުރުން ދުވަސްވީ މީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ ހދ. ކުޅުދުއްފުށި، ބަޑިފަސްގަޑުގެ، ސުލައިމާން ހުސައިން (59އ)އެވެ.
ފުލުހުން ބުނީ، މިއަދުގެ މެންދުރު 13:48 އެހާކަންހާއިރު ސުލައިމާން ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެއާއެކު ސުލައިމާން ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް އޭނާ ފެނިފައިވަނީ 15:00 އެހާކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންނެވެ.
އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާ ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
