ވިލިމާލެ ފަޅުތެރެއަށް ފީނަން ދިޔަ މީހަކު މޫދު އަޑިން ހޯދައިގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން، މިއަދު ހެނދުނު 06:30 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ރިޕޯޓާ ގުޅިގެން، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 ހާއިރު މޫދު އަޑީގައި އޮއްވައެވެ.
އެ މީހާ ނަގައިގެން ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެއެވެ
މި ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
