ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިންތައް ނިންމާލުމުގެ ގޮތުން ކުރިއަށްދާ ޕީއެންސީގެ ބޮޑު ހިނގާލުން ފަށައިފިއެވެ.
މިހިނގާލުމުގައި ގިނަ އަދަދެއްގެ ޕީއެންސީއަށް ސަޕޯޓު ކުރާ ފަރާތްތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އިސްސަފުގައި ދަނީ ބައިވެރިވަމުންނެވެ.
މިހިނގާލުން ފެށިގެން ދިޔައީ 4 ޖަހާއިރު، އާޓިފިޝަލް ބީޗު ކައިރީ ހުންނަ ޕީއެންސީގެ ޖަގަހަ ކުރިމަތިންނެވެ. ޖަގަހަ ކައިރިން ފެށި މި ހިނގާލުން ކުރިއަށް ދާނީ މަޖީދީ މަގުން ގޮސް ރަސްފަންނަށް ނިންމާގޮތަށެވެ.
މިހަރަކާތުގަ ރައީސްގެ އަރިހުގައި ކެބިނެޓް އަދި ސަރުކާރުގެ އިސް ފަރާތްތަކުންވެސް ދަނީ ބައިވެރިވެވަޑައިގަންނަމުންނެވެ. މިހަރަކާތުގެ ތެރެއިން ލޯކަލް ކައުންސިލް އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން ރެފަރެންޑަމްގެ މައުލޫމާތު އާންމުކުރުމާއި ކެމްޕެއިން ކުރުން ހިމެނެއެވެ.
