މި ރޯދަ މަހުވެސް ތެލުގެ ބާވަތްތަކާ ދުރުވެ ސިއްހަތަށް ފައިދާހުރި ތަކެތި ކެއުން ބުއިމުގައި އިސްކަންދިނުމަކީ މުހިންމު ކަމެކެވެ. އެގޮތުން މިއަދުގެ ރެސިޕީވެސް ހާއްސަ މި ކޮށްލަނީ ތެލުގެ ބާވަތް މަދު ކާނާއެއް ކަމަށްވާ "ކްރީމީ ޗިކަން ރެޕް" އަށެވެ.

ތަފާތު ގައުމުތަކުގައި ޗިކަން ރެޕް ތައްޔާރު ކުރަނީ ތަފާތު ރެސިޕީތަކަށް ނަމަވެސް މިއަދު މި ގެނެސްދެނީ ވަރަށް ފަސޭހައިން އަދި އާންމު ގޮތެއްގައި ލިބެން ހުންނަ ބާވަތްތަކުން ތައްޔާރުކޮށްލެވޭނެ ޗިކަން ރެޕެކެވެ.

ބޭނުންވާ ތަކެތި:

  • ކަށި ނެތް ކުކުޅު (ކުދިކޮށް ކޮށާފައި)
  • ލޮނު
  • އޮރިގާނޯ
  • ޕާސްތާ ސޯސް
  • މަޝްރޫމް
  • ފިޔާ
  • ސިރާޗާ
  • ސްޕިނާޗް
  • ޗީޒް
  • ޓޯޓީލާ
  • ތެޔޮ
  • ސަބްމެރިން ސޯސް

ތައްޔާރު ކުރާނެ ގޮތް:

ތަވައަކަށް ތެޔޮ ފޮދެއް އެޅުމަށްފަހު ހޫނު ވުމުން ކުކުޅު ލޮނު އަދި އޮރިގާނޯ އެޅުމަށްފަހު ރޯފިލަންދެން ކައްކާލާށެވެ. އިތުރު ތަވައެއްގައި ބަޓަރު ކޮޅު މެލްޓް ކުރުމަށްފަހު މަޝްރޫމް އަދި ފިޔާ އެޅުމަށްފަހު ރޯފިލަންދެން ކައްކާލުމަށްފަހު ފިޔާކޮޅު ރޯފިލުމުން ސަބްމެރިން ސޯސް، ޕާސްތާ ސޯސް، ސިރާޗާ އަދި ކުކުޅު އެޅުމަށްފަހު އެއްކޮށްލާނީއެވެ.

ކްރީމީ ޗިކަން ރެޕް ތައްޔާރު ކުރުމުގެ ތެރެއިން

އެއަށްފަހު ސްޕިނެޗް އަދި ޗީޒް އެޅުމަށްފަހު 15 ވަރަކަށް ސިކުންތު ވަންދެން ކައްކާލުމަށްފަހު ޓޯޓީލާގައި ކުކުޅު ކޮޅު އަތުރާލުމަށްފަހު ރެޕް ކޮށްލާނީއެވެ. އަދި އެއްށްފަހު ތަވައެއްގެ މަތީ މަޑު މުށި ކުލަ އަރަންދެން ރެޕް ފިހެލާނީއެވެ.