މަސައްކަތުގެ މާހައުލުގައި އުޅެމުންދިޔަ މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފު ނިޔާވެއްޖެއެވެ.
އެ ކުންފުނިން ބުނީ، މިއަދު މާލޭ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފަކަށް ފިޓުޖެހު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ވެސް އެ ކުންފުނިން ވަނީ މައުލޫމާުތު ދީފައެވެ.
'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ގދ. ދެއްވަދޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހެކެވެ.
އޭނާ ފިޓުޖެހިގެން ވެއްޓުނީ ދެ ޓަގު ބޯޓު ދޭތެރެއަށް ކަމަށާއި މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:46 އެހާއިރު ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
