އައިލެންޑް އޭވިއޭޝަން ހިންގަމުންދާ ގޮތުން އެ ކުންފުނީގެ މާލީ ހަލަތާއި މެދު ކަންބޮޑުވާތީ އެ ކަން ސާފުުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަަޅައިފިއެވެ.
މި މައްސަލަ މާލިއްޔަތު ކޮމިޓިއަށް ހުށަހެޅުއްވީ މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރުއެވެ.
ޝާކިރު ހުށަހެޅުއްވި މައްސަލައިގައިވަނީ 2025 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ގްރޮސް މާޖިން 24% އަށް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެއީ 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ހުރި 35% އާ އަޅާ ބަލާއިރު ވަރަށް ބޮޑު ފަރަގެއްކަން ވަނީ ފާހަގަކޮށްފައެވެ.
މިދިޔަ އަހަރު އެކަނިވެސް އެ ކުންފުންޏަށް 2.8 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާއިރު ޝާކިރު ވަނީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ މަތިންދާ ބޯޓުތައް އަދެޔާ ހިލާފަށް ގިނައިން ގްރައުންޑްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި މިދޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މިއަހަރުގެ މާޗް މަހާއި ހަމައަށް އެ ކުންފުނީގެ އޭ320 ގްރައުންޑްކޮށްފައިވާކަމަށް ޝާކިރުވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ފަހުކޮޅާއި މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓިންއަށް ބޯޑު ހަރަދެއްކޮށްފައިވާކަން ފާހަގަކޮށް ޝާކިރު ވަނީ މިހާބޮޑު ގެއްލުމެއް ލިބެންވީ ސަބަބާއި މެދު ސުވާލުކުރައްވާފައެވެ.
މިއަހަރުގެ ދެވަނަ ކުއާޓަރުގައި އައިލެންޑް އޭވިއޭޝަނަށް 133 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާއިރު، މިހާމިއަހަރުގެ ނިޔަލަށް ކުންފުންޏަށް ލިބިފައިވާ ގެއްލުން ސާފުކޮށް ދިނުމަށް ޝާކިރުވަނީ އެދިފައެވެ.
