އާ ޓާމިނަލްގެ ސީޕްލޭން ފަސިންޖާ ބަސް ހުއްޓިތައް ބޭނުންކުރަން ފަށާފައި ވުމުން އެ ސަރަހައްދުތަކުގައި ޓެކްސީ އާއި އާންމު ފަރާތްތަކުގެ އުޅަނދު ޕާކް ކުރުމާއި މަޑުކުރުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގެ އެރައިވަލް ގޭޓް 4 ގެ ދެކުނުގައި އުޅަނދުގައި އުޅަނދު ފަހަރު މަޑުކުރުމަށް ފާހަގަކޮށްފައިވާ ސަރަހައްދަކީ ސީޕްލޭން އޮޕަރޭޓް ކުރާ ފަރާތްތަކަށް ހާއްސަކޮށް ދަތުރުވެރިން އެރުވުމަށާއި އެމްއޭސީއެލްގެ ސްޓާފް ބަސްތައް ހުއްޓުމަށް ކަނޑައެޅިފައިވާ ސަރަހައްދެއް ކަމަށެވެ.
އެހެންކަމުން މި ނޫން އުޅަނދުތައް މި ސަރަހައްދު ތެރޭގައި އަދި މި ސަރަހައްދަށް ވަދެ ނިކުތުމަށް އުނދަގޫވާ ގޮތަށް ޕާކު ކުރުމާއި މަޑުކުރުމަކީ މަނާ ކަމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެއާޕޯޓް ތެރޭގައި އުޅަނދު ދުއްވާ އިރު އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީގެ އޮފިސަރުން ދޭ އިރުޝާދާއި އެއް ގޮތަށް އަމަލު ކުރުމަށް ވެސް އެމްއޭސީއެލް އިން ވަނީ އިލްތިމާސް ކޮށްފައެވެ.
