13 އަހަރުގެ ކުއްޖެއް ދިރިއުލޭ ގެއަށް ގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ޓީޗަރަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އިން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ހާމަ ނުކުރިއަސް ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، ހައްޔަރު ކުރި ފިރިހެން މީހާއަކީ މާލޭގެ ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ފިރިހެން ތީޗަރެކެވެ. އަދި އެމީހާ އެ ކުއްޖާ ދިރިއުލޭ ގެއަށް ގޮސްފައި ވަނީ ތިއުޝަން ދިނުމަށް ކަމަށް ވެސް އެ މަސްދަރުތަކުން ބުނެފައި ވެއެވެ.