ހުޅުމާލޭ މަގުމައްޗަށް ވެޓިފައި އޮތް މީހަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ނިރޮޅު މަގުން ހިނގާފައި ދިޔަ މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ މިރޭ 9 ޖަހާކަށްހާއިރު ކަމަށެވެ.
އަދި އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއްކަން ފާހަގަކޮށް ފުލުހުން އިތުރަށް ބުނީ، އެ މީހާއަށް އިތުރު ފަރުވާދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
އެމީހާ ވެއްޓުނީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު އެ މީހާއަށް ވެއްޓުމުގެ ތެރޭގައި އަނިޔާވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާ ނަގައިގެން ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލޭންސްއަށް އަރުވާ މަންޒަރު ފެންނައިރު އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ފެނެއެވެ.