ފުވައްމުލަކު ސިޓީ އެއާޕޯޓު ފެންސް މަތިން އަރަން އުޅުނު 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ފުވައްމުލަކު ސިޓީ އެއާޕޯޓު ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓު ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފަތިހު 4:05 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މައްސަަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • ހަސަން ހުމާމް މުހައްމަދު (28އ) ފުވައްމުލަކު، ހޯދަނޑު - ގުލުކޯޒުގެ
  • އިބްރާހިމް ސިމަން އަހުމަދު (20އ) ފުވައްމުލަކު، ހޯދަނޑު - ޒަމްހަރީރުގެ
  • ބައްސާމް ސައީދު (29އ) ފުވައްމުލަކު، ފުނާޑު - ސުހާނާގެ

މި މައްސަލައިގެ ތުހުމަތުގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.