ފިލިޕީންސްއިން ޑޮކްޓަރުން ކިޔަވައި ނިމިގެން ރާއްޖެއަށް އަންނަން ތައްޔާރުވެފައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ނ. ހޮޅުދޫ، ސްވޯޑް އުމުރުން 30 އަހަރުގެ ހުމެއިދު އަހުމަދުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހުމެއިދު މަރުވެފައި އޮއްވާ ފެނިފައިވަނީ އާއިލާއަށް އޭނާގެ ހަބަރެއް ނުވެގެން އޭނާގެ ރައްޓެހިން އޭނާ ދިރިއުޅޭ ކޮޓަރިއަށް ގޮސް ބެލިބެލުމުންނެވެ.
ޑޮކްޓަރުކަން ކިޔަވާ ނިންމުމަށްފަހު އިއްޔެ ހުމެއިދު މާލެ އަންނަން ތައްޔާރުވެފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.