ކާގޯ ބޯޓަކުން ކަނޑަށް ވެއްޓުނު މީހާ އަދިވެސް ނުފެންނަ ކަަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ބޯޓަކުން މީހަކު ކަނޑަށް ވެއްޓުނީ ރޭގެ ވަގުތެއްގައެވެ.

އެމްއެންޑީއެފުން ބުނީ އެމްއެސްވީ ޑައުލާ ނަމަކަށް ކިޔާ ބޯޓުން ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ.

ރޭ 11:35 ހާއިރު ލިބުނު އެ ރިޕޯޓާއެކު އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ނަމަވެސް މިހާތަނަށް އެމީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން މިއަދު ހެނދުނު އެ އިދާރާއިން ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުން ވެސް ކުރަމުންދާ ކަމަށެވެ.

އެ މީހާ ކަނޑަށް ވެއްޓުނު ހިސާބު

އެކަމަކު އެ ހާދިސާއާއި ގޫޅޭ އިތުރު ތަފްސީލެއް ހިއްސާ ކޮށްފައި ނުވެއެވެ.