މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލަ ރިޕޯޓުކޮށްފައި މިއަދު ހެނދުނު 7:22 ހާއިރު ކަމަށެވެ.

މި މައްސަލައިގައި ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފައި ނުވާއިރު އެއީ އަންހެނެއް ނުވަތަ ފިރިހެނެއް ކަން ވެސް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.