ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވާ ދިވެހި ފިރިހެނެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ހާދިސާގައި ހާލު ސީރިއަސް ވެފައިވަނީ ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒަށް މިހާރު ފަރުވާ ދެމުން އަންނަނީ މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ފައްޔާޒުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި، ހަށިގަނޑުގެ ބޮޑު ބައެއް އަދާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަދި މި ހާދިސާގައި ބޮލަށް ބޮޑު ގެއްލުމެއް ލިބި ސިކުނޑިއަށްވެސް ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޖަރުމަނު ވިލާތުގެ އަންހެނަކާއި ކައިވެނި ކޮށްގެން އުޅޭ ފައްޔާޒް ދިރިއުޅެމުންދަނީވެސް ޖަރުމަނުގައެވެ. ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ފައްޔާޒް ހިމެނޭއިރު، ފައްޒާޔަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެއްގެ ގޮތުގައި އޭނާ ދަންނަ މީހުން ސިފަކޮށްފައިވެއެވެ.

މި ހާދިސާއާއި ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދުމަށް "ދަ ޕްރެސް" އިން މަސައްކަތް ކުރި ނަމަވެސް އަދި ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.