ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވާ ހާލު ސީރިއަސްވި ދިވެހި ޒުވާނާ ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި މި ހާދިސާގައި ނިޔާވެފައިވަނީ ވެފައިވަނީ ބ. ތުޅާދޫއަށް ނިސްބަތްވާ ފައްޔާޒް ދާއޫދެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައްޔާޒު ނިޔާވެފައިވަނީ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށެވެ. އެގޮތުން ފުރަތަމަ އޭނާގެ ހާލު ދިޔައީ ރަނގަޅުވަމުން ކަމަށާއި ނަމަވެސް މިއަދު ކުއްލިއަކަށް ހާލު ގޯސްވެ ނިޔާވީކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފައްޔާޒު ނިޔާވިއިރު އޭނާއަށް ފަރުވާ ދެމުން ދިޔައީ މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގައެވެ. އެއްޗެއް ގޮވުމުގެ މި ހާދިސާގައި ފައްޔާޒުގެ ހަށިގަނޑުގެ ބޮޑު ބައެއް އަދާފައިވާއިރު، ބޮލަށް ބޮޑު ގެއްލުމެއް ލިބި ސިކުނޑިއަށްވެސް ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ޖަރުމަނު ވިލާތުގެ އަންހެނަކާއި ކައިވެނި ކޮށްގެން އުޅޭ ފައްޔާޒް ދިރިއުޅެމުންދަނީވެސް ޖަރުމަނުގައެވެ. ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ފައްޔާޒް ހިމެނޭއިރު، ފައްޒާޔަކީ އެންމެންނާވެސް ގުޅޭ ހިތްހެޔޮ މީހެއްގެ ގޮތުގައި އޭނާ ދަންނަ މީހުން ސިފަކޮށްފައިވެއެވެ.