ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހުޅުމާލެ އަދި މާލޭގެ ގަސްތަކެއް ވެއްޓި ގެއްލުންތަކެއްވެއްޖެއެވެ.

ގަދަވަޔާއެކު ހުޅުމާލެ އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ޕާކުކޮށްފައި ހުރި އެތަކެއް އުޅަނދަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. ގަސްތައް ވެއްޓުމުގެ ސަބަބުން ބައެއް މަގުތައް ބަންދުކޮށް އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ގަސްތައް ވެއްޓުމުގެ އިތުރުން ގަދަވައިގެ ސަބަބުން ބައެއް މާލޭގެ ބައެއް ގޭގޭގެ ފުރާޅު އެއްލާފައިވެއެވެ. އަދި ހުޅުމާލެ ފޭސް 2ގައި ހުރި ބަސް ސްޓޭންޑެއް ވެސް ވަޔާ އެއްލާލާފައިވެއެވެ.

ފުލުހުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާތީ އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ބޮޑެތި ގެއްލުނަތކެއްވެފައި ވާއިރު، ހުޅުމާލެއަށް އައި ވިލާގަނޑުގައި ގާތްގަނޑަކަށް 52 މޭލަށް ވައިގަދަވެފައި ވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓްއޮފީސް)އިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.