އދ. މާމިގިލި ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ އެ ކުއްޖާ ފެނިފައިވަނީ މާމިގިލި ބޭރުން ކަމަށާއި އެޔާއެކު މާމިގިިލި ސިއްހީ މަރުކަޒަށް ގެންގޮސްފައި ވާ ކަމަށެވެ.

ފުލުހުން ބުނީ މިއަދު މެންދުރުގެ ވަގުތެއްގައި މާމިގިލި ކައިރިއަށް 4 ކުއްޖަކު ފީނަން ދިޔަ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކު ގެއްލިފައިވާ މައްސަލަ މިރޭގެ 19:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ގެެއްލުނު ކުއްޖާ އަކީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑު ދަތުރު ކުރާއިރު ސަމާލުވުމަށާއި، މޫދަށް އެރި އުޅުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އަންނަނީ ނަސޭހަތްތެރިވަމުންނެވެ. އަދި ކޮންމެހެން ކުރަން ޖެހިއްޖެ ދަތުރުތައް ނޫނީ ނުކުރުމަށްވެސް އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.