ހުޅުމާލޭގައި މީހުން އާބާދުވިތާ 21 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ހުޅުމާލޭގެ ކެފޭތަކާއި ރެސްޓޯރެންޓުތަކުން ޑިސްކައުންޓް ލިބޭ "ޑިސްކައުންޓް ވީކް" ފަށައިފިއެވެ.

ހުޅުމާލޭގެ ގިނަ ކެފޭތަކާއި ރެސްޓޯރެންޓު އަދި ފިހާރަތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބޭ ޑިސްކައުންޓް ހަފްތާ ފެށީ މި މަހުގެ 10 ވަނަ ދުވަހުއެވެ. މި ޕްރޮމޯޝަން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން، ގިނަ ފިހާރަ އަދި ރެސްޓޯރެންޓުތަކުގެ ހުރިހާ އައިޓަމްތަކުން ޑިސްކައުންޓު ދިނުމަށް ހަމަޖެހިފައިވާއިރު، ބައެއް ފިހާރަތަކުން ކޫޕަނާއި ހަދިޔާވެސް ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިއީ ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމަށް، އެޗްޑީސީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެކިއެކި ވިޔަފާރިތަކާ ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ޑިސްކައުންޓު ލިބޭނެ ހުޅުމާލޭގެ ކެފޭތަކާއި ފިހާރަތައް:

1. ފަހި ޕްލާޒާ (%05 ސްޓޯ ވައިޑް ޑިސްކައުންޓް) - ހުވަނދުމާ ހިނގުން.

2. ރަޓަޓޫލީ (%10 ސްޓޯ ވައިޑް ޑިސްކައުންޓް) - ހިތިގަސް މަގު، ގޯޅި 17.

3. އެމްއެޗްއޭ މާޓް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) - ރެއިންކްރެސްޓް ރެސިޑެންސް އަދި ނިރޮޅުމަގު 16 އައުޓްލެޓް.

4. ބްރެޑް މެޓާސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) - ސެންޓްރޯ މޯލް.

5. އިހްސާން ފިހާރަ (ކޫޕަން އަދި ގިފްޓްސް) - ވިނަރެސް 10، ހުޅުމާލެ ފޭސް 2.

6. މަންހެޓަން ފިޝް މާކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) - ސެންޓްރޯ މޯލް.

7. ގްލޯރިއާ ޖީންސް (%10 ސްޓޯ ވައިޑް ޑިސްކައުންޓް) - އަމިން އެވެނިއު، މޭޕަލް ޓަވާ.

8. ކޮފީ ވިއު (%05 ސްޓޯ ވައިޑް ޑިސްކައުންޓް) - ފެރީ ޓާމިނަލް ކިއޮސްކް 1.

9. ޗިކިން (%10 ސްޓޯ ވައިޑް ޑިސްކައުންޓް) - އަމިން އެވެނިއު، އޯކް ޓަވާ.

10. ރެޑްވޭވް ( ބައެއް ބްރޭންޑުތަކުގެ ތަކެތިން %10 ޑިސްކައުންޓް) - އަސުރުމާ ހިނގުން.

11. ބޭކާސް ބާސްކެޓް (%05 ސްޓޯ ވައިޑް ޑިސްކައުންޓް) - ނިރޮޅު މަގު، ލޮޓް ނަންބަރު 11203.

12. އަރިއްސާ (ބައެއް ބްރޭންޑުތަކުގެ ތަކެތިން %15 ޑިސްކައުންޓް) - އަމިން އެވެނިއު، މޭޕަލް ޓަވާ.

13. އެސްޖޭ މޯލް (ބައެއް ބްރޭންޑުތަކުގެ ތަކެތިން %30 ޑިސްކައުންޓް) - ބޯގަންވިލާ މަގު.

މީގެ އިތުރުން، މިއަދު ފާހަގަކުރާ ހުޅުމާލޭގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެސްޓިވަލެއް ގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. މި މަހުގެ 10 ވަނަ ދުވަހު ކުލަގަދަ ފެމިލީ ކާނިވަލްއަކުން ފެށި މި ހަރަކާތްތައް، ހަފްތާއަކަށް ދިގުދެމިގެންދާ ގޮތަށް އެކި ދުވަސްތަކަށް ބަހާލައިގެން ހުޅުމާލެގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ސްޓޯރީ ފޮޓޯ ވޯކް، ހުޅުމާލެ މަސްރޭސް، ސައިކްލިން ޗެމްޕިއަންޝިޕް، ހެލްތު ކޭމްޕްގެ އިތުރުން ބީޗް ފެސްޓެއް މި ހަފްތާގެ ތެރޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.