އިންޑިއާ އަދި ޕާކިސްތާނުން ވެސް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.
ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުން ސުލްހައިގެ ވާހަކަތަކުގައި މެދުވެރިއެއްގެ ރޯލު އަދާކޮށްފައިވަނީ އެމެރިކާއިންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލާ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދިގު މަޝްވަރާތަކެއް ކުރެވުނު ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ މިކަން ކަށަވަރުކޮށްދެއްވަމުން ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން ވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން އެއްބަސްވުމަށް އަމަލުކޮށް ހަމަލާތައް ހުއްޓާލުމަށް ނިންމާފައިކަމަށެވެ. އަދި ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމާއެކު ހުރިހާ އަސްކަރީ ހަރަކާތްތައްވެސް ހުއްޓާލުމަށްވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މިސްރީ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް އަދިވެސް ކުރިއަށް ދާނެކަމަށާއި އަންނަ ހޯމަ ދުވަހުވެސް މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާކަމަށެވެ.
އިންޑިއާއިން ޕާކިސްތާނުގެ މަޝްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައީ ބުދަ ދުވަހު ކަޝްމީރު ފަޅިއަށް މިސައިލް ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
އިންޑިއާ އަށް އެމީހުންގެ ސައިޒް އޮޅިގެން ހަނގުރާމަ ފެށީ. އެހެން ނަމަވެސް އިންޑިއާގެ އެތައް ބައިވަރު ފައިޓަރ ޖެޓް ތަކަކާ ޑްރޯން ތަކެއް ވައްޓާލުމާ، ޕާކިސްތާނުން ދިން ރައްދުގެ ވަރުގަދަ ކަމާ، ޕާކިސްތާންގެ ފައިޓަރ ޖެޓްތަކުގެ އަންހެން ޕައިލެޓުންވެސް އިންޑިއާގެ ޕައިލެޓުންނަށް ވުރެ މޮޅުވެފަ ޖެހިލުން ކުޑަވީމާ ދެން އިތުރަށް ލަދެއްގަ ނުބެދޭން ވެގެން އަވަސް އަވަހަށް ހަގުރާމައިން ބޯ ދަމައިގަތީ.