މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ނިޔާވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 46 އަހަރުގެ އަބްދުﷲ މުފީދު (ގ.ލަންކާ)އެވެ.

ފުލުހުން ބުނީ އޭނާ ނިޔާވެފައި އޮއްވާ ފެނިފައި ވަނީ ހެންވޭރުގައި ހުންނަ ގެއެއްގެ 4 ވަނަ ފަންގިފިލާގެ ފާހަނައިގެ ތެރޭގައި ކަމަށެވެ. އަދި އެގޭގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އަދި މިހާތަނަށް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައި ނުވާއިރު ފުލުހުން ބުނީ މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.