ކޮރަޕްޝަންގެ މައްސަލައަކާ ގުޅޭ ހެކި ހޯދުމަށް އެގްރިކަލްޗާ މިނިސްޓްރީއަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ވަދެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްމުވަން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އޭސީސީން އިސްނަގައިގެން ބަލަމުންދާ މައްސަލައަަކާ ގުޅިގެން އެ ކޮމިޝަން އާއި ފުލުހުންގެ ޓީމަކާއެކު އެގްރިކަލްޗާ މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ނަމަވެސް މިއީ އޭސީސީން ބަލަމުން ދާ ކޮން މައްސަލައަކާ ގުޅިގެން ހިންގާ ތަހުގީގެއް ކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި، އެ ކޮމިޝަނުން ބަލަމުން ދަނީ މިދިޔަ ސަރުކާރުގައި ހިންގާފައިވާ ކޮރަޕްޝަން މައްސަަލައެކެވެ. އޭރު ފިޝަރީޒް މިނިސްޓްރީ އާއި އެގްރިކަލްޗާ މިނިސްޓްރީ އެކުއެކީގައި އޮތް ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި ފަހުން މި ވަނީ އެ ދެ މިނިސްޓްރީ ވަކި ކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ބެހޭ ގޮތުން އޭސީސީން ވެސް އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.