ހުޅުމާލެ ފޭސް 2 ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށް، ލިފްޓްތައް ޓެސްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ސީއޯއޯ އަހުމަދު އިބްރާހިމް ވަނީ ހިޔާ ޓަވަރުތަކުގައި ހަރުކޮށްފައިވާ ލިފްޓައް ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާތަން ފެންނަ ވީޑިއޯއެއް އެކްސްގައި ހިއްސާކުރައްވާފައެވެ.

އެ ވީޑިއޯއާއެކު އެސްކްގައި ކުރެއްވި ޕޯސްޓްގައި އަހްމަދު އިބްރާހިމް ވިދާޅުވީ ލިފްޓް ހަރުކުރުމުގެ މަސައްކަތް ނިންމައި ލިފްޓްތައް ޓެސްޓުކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

އަލަށް ހަރުކުރާ ލިފްޓްތަކަކީ ކުރީގެ ލިފްޓްތަކަށްވުރެ ޖާގަ ތަނަވަސް ލިފްޓްތަކެއް ކަމަށާއި މި ލިފްޓްތަކާއެކު ހިޔާގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކުރިމަތިވެފައިވާ ލިފްޓް ނުލިބުމުގެ މަސައްލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީން ހިޔާ ފްލެޓްތަކުގައި ލިފްޓް ހަރުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެން ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕަށެވެ. މި މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ހަރުކުރާ އެއް ލިފްޓަކީ 14 މީހުންގެ ޖާގައިގެ ލިފްޓެއް ކަމަށްވާއިރު ދެން ހަރުކުރުމަށް ހަމަޖެހިފައި ވަނީ ސްޓްރެޗަރު އެރުވޭ ވަރުގެ ބޮޑެތި ލިފްތުތަކެވެ.