ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓްތަކުގެ މީޓަރު ރޫމްތަކުގައި ކުރަންޖެހޭ މެއިންޓެނަންސް މަސައްކަތްތަކެއް ކުރުމަށްޓަކައި، މިރޭ ހިޔާގެ ބައެއް ޓަވަރުތަކުން ފެނުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނެފިއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި ފެނުގެ ހިދުމަތް މެދުކެނޑުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް 9، 10 އަދި 13 ވަނަ ޓަވަރުގެ ބައެއް ފަންގިފިލާތަކުންނެވެ. އެގޮތުން ފެނުގެ ހިދުމަތް މެދުކެނޑުމަށް ތާވަލުކުރެވިފައިވާ ގަޑިތަކަކީ:

  • ހިޔާ ފްލެޓް 10: ފަންގިފިލާ 8 އިން ފެށިގެން 16 އަށް - މިރޭ 12:00 އިން 1:00 އަށް.
  • ހިޔާ ފްލެޓް 13: ގްރައުންޑް ފްލޯއިން ފެށިގެން 8 ވަނަ ފަންގިފިލާއަށް - މިރޭ 1:00 އިން 1:30 އަށް.
  • ހިޔާ ފްލެޓް 9: ފަންގިފިލާ 8 އިން ފެށިގެން 16 އަށް - މިރޭ 1:30 އިން 2:00 އަށް.

އެމްޑަބްލިއުއެސްސީން ބުނީ މި މަސައްކަތަކީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވޭ މެއިންޓެނަންސް މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެ ކުންފުނިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.

މި ގަޑިތަކަށް ސަމާލުވެ، ފެނުގެ ބޭނުން ކުރާ ފަރާތްތަކުން ދުރާލާ ތައްޔާރުވުމަކީ އެދެވިގެންވާ ކަމެކެވެ.